ބީއެމްއެލްގެ އެމެކްސް ކްރެޑިޓް ކަސްޓަމަރުންނަށް 50،000 ރިވާޑް ޕޮއިންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ސެޕްޓެންބަރުން 14 އޮކްޓޫބަރުގެ ނިޔަލަށް ކަމަށާއި މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.
ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބަލައިގަންނާނީ ބީއެމްއެލް ކާޑު މެޝިން އަދި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ވިޔަފާރިތައް ކަމަށާއި، ޕްރޮމޯޝަން ނިމުމުން 50،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރީން ހޮވާނެކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ 8000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކު ކަމަށެވެ. އަދި ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، ބޭންކުގެ ޕާޓްނާ މާޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭންތައްވެސް ލިބިގެންދާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ބީއެމްއެލް މާސްޓާކާޑުން ވިޔަފާރިކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯއެއްވެސް ބީއެމްއެލް އިން ވަނީ ފަށާފައެވެ. އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރޮމޯޝަންގެ މުއްދަތުގައި ކާޑުން 10،000 ރުފިޔާގެ މުއާމަލާތެއް މަހަކު ކުރަން ޖެހޭނެ ކަމަށާއި، މި ޕްރޮމޯޝަން ކުރިއަށްދާނީ ސެޕްޓެމްބަރު 1 އިން ފެށިގެން އޮކްޓޫބަރު 31ގެ ނިޔަލަށް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.