ފ. ނިލަންދޫ އިން އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށް ފުލުުހުން ބުނެފިއެވެ.

އިއްޔެ ހަވީރު ގެއިން ނިކުމެގެން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާގެ ހަބަރެއް ނުވެގެން ރޭ 10:15 ހާއިރު އާއިލާއިން ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

އެއާއެކު އެ އަންހެން ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ އެ ރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން ފަށާފައެވެ.

އެ އަންހެން ކުއްޖާ ގެއްލުނު މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ރޭ ދަންވަރު 2:40 ހާއިރު އެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށާއި އެ އަންހެން ކުޖަގެ ހާލު ރަނގަޅު ކަމަށެވެ.