ހިިއުމަން ރައިްޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް 2 ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަންކުރައްވާފައި ވަނީ، މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދު އަދި ސ. ހުޅުދޫ، ސީބްރީޒް އަހްމަދު މަގުސޫމްއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އެޗްއާރުސީއެމްގެ މެންބަރުގެ މަގާމަށް އެ 2 ބޭފުޅުން އައްޔަން ކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، 2 ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެޗްއާރުސީއެމްއަށް އަލަށް އައްޔަންކުރެއްވި 2 މެންބަރުންނަށް، މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
އެ 2 މެންބަރުން އައްޔަންކޮށްފައި ވަނީ އެޗުއާރުސީއެމްގެ ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު ޝިފާއަތު އަބްދުއްރައްޒާގުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.