މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ ކަމަށެވެ. އާއިލާއަށް ހަބަރެއްނުވެ އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ރެއެވެ.

އަދި ޝަހުމުﷲ މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާއިރު އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް އެކި މީހުން ގެއްލިގެން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައި ވެއެވެ.