މާލެއިން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ފިރިހެން މީހާ ފެނިއްޖެއެވެ.
އިއްޔެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ ބ. ކެންދުއަށް އުފަން ޝަހުމުﷲ ސާޖިދު (33އ) މަންޒިލް އެވެ.
އޭނާ ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ދާދި ދެންމެއަކު ފުލުހުން ބުނީ، ޝަހުމުﷲ ފެނިފައިވާ ކަމަށާއި އޭނާ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ދޭތެރެ ދޭތެރެއިން މާލެއިންނާއި ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެއްލިގެން ހޯދުމަށް ފުލުހުން އާންމުންގެ ކިބައިން އެދެއެވެ.