ޕިކަޕެއް ފުރޮޅާލައި ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭއިން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑާއެއްގައި ޖެހި ޕިކަޕެއް ފުރޮޅާލައިގެން ކަމަށެވެ.
އެ އެކްސިޑެންޓުގެ މައްސަލަ މިއަދު މެންދުރު 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ ޕިކަޕު ކާރެއްގައި ޖެހިފައިވީ ނަމަވެސް ކާރަށް ބޮޑު ގެއްލުމެއްވެފައިނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެ ޕިކަޕު ދުއްވާފައި ވަނީ ސްޕީޑް ލިމިޓަށްވުރެ ބާރަށް ކަމަށްވުމުން އެކަމާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.