ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯން ބިން ހިއްކުމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ކޮންސްޓްރަކްޝަން ހައުސިން އެންޑްއިންފްރާސްޓްރަކްޗާ، ޑރ. އަބްދުالله މުއްތަލިބެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 2.7 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާ، 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއްޖެހުން ހިމެނޭކަމަށެވެ. މި މަޝްރޫއުއަކީ 33.6 މިލިއަން ރުފިޔާއަށް 210 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ ފެށިގެން މިދާ މަޝްރޫއު ފުރިހަމަވުމާއިއެކު ވެލިދޫ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެކަމަށެވެ.
ނ. ވެލިދޫ އަކީ އާބާދީގައި 2724 ރައްޔިތުން އުޅޭ ރަށަކަށްވާއިރު އެ ރަށުގެ ގިނަ ރައްޔިތުން އާއްމުކޮށް ހަރަކާތްތެރި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެގޮތުން މަތީ ފަންތީގައި ހިންގަމުންދާ 7 ރިސޯޓެއް އެ އަތޮޅުގައި މިހާރުވެސް އޮތުމާއެކު ، ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުން ދަނީ މި ރިސޯޓްތަކުގައެވެ.