ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުތުގައި ހިމެނޭ 12 ފެރީ ސްޓޮޕާއި 6 ޓާމިނަލް ރަށު ކައުންސިލުތަކާ ހަވާލުކޮށްފިއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ދޭއިރު ހުރިހާ ރަށެއްގައި ފެރީ ސްޓޮޕާއި ޓާމިނަލް އެޅުމަށް ނިންމާފައިވާއިރު އެކި ރަށްރަށުގައި އަޅަނީ އެކި ފެންވަރުގެ އަދި ތަފާތު ސައިޒުތަކުގެ ފެރީ ސްޓޮޕާއި ޓާމިނަލް އެވެ.

އެގޮތުގެމަތިން އެމްޓީސީސީން މިވަނީ 12 ފެރީ ސްޓޮޕާއި 6 ޓާމިނަލް ރަށު ކައުންސިލުތަކާ ހަވާލުކޮށްފައެވެ. އެއާއެކު މި ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ޒިންމާ ދެން އަދާކުރާނީ އެ ރަށެއްގެ ކައުންސިލުންކަމުގައި އެމްޓީސީސީން ބުނެއެވެ. ޓާމިނަލްތަކާއި ފެރީ ސްޓޮޕްތައް ހަވާލުކުރެވިފައިވާ ރަށު ކައުންސިލްތަކަކީ:

  1. ހދ. ހަނިމާދޫ ކައުންސިލް - ފެރީ ޓާމިނަލް
  2. ހދ. ފިނ ކައުންސިލް - ފެރީ ސްޓޮޕް
  3. ހއ. މުރައިދޫ ކައުންސިލް - ފެރީ ސްޓޮޕް
  4. ހއ. ހޯރަފުށީ ކައުންސިލް - ފެރީ ޓާމިނަލް
  5. ހއ. މޮޅަދޫ ކައުންސިލް - ފެރީ ސްޓޮޕް
  6. ހއ. މާރަންދޫ ކައުންސިލް - ފެރީ ސްޓޮޕް
  7. ހއ. ތުރާކުނު ކައުންސިލް - ފެރީ ސްޓޮޕް
  8. ހއ. އުލިގަން ކައުންސިލް - ފެރީ ސްޓޮޕް
  9. ހއ. އިހަވަންދޫ ކައުންސިލް - ފެރީ ޓާމިނަލް
  10. ށ. ބިލެތްފަހި ކައުންސިލް - ފެރީ ޓާމިނަލް
  11. ށ. ފުނަދޫ ކައުންސިލް ފެރީ ޓާމިނަލް
  12. ށ. ފ ދޫ ކައުންސިލް - ފެރީ ސްޓޮޕް
  13. ށ. ކޮމަންޑޫ ކައުންސިލް - ފެރީ ސްޓޮޕް
  14. ހދ. ވައިކަރަދޫ ކައުންސިލް - ފެރީ ސްޓޮޕް
  15. ހދ. ކުމުންދޫ ކައުންސިލް - ފެރީ ސްޓޮޕް
  16. ށ. ގޮއިދޫ ކައުންސިލް - ފެރީ ސްޓޮޕް
  17. ހއ. ބާރަށް ކައުންސިލް - ފެރީ ސްޓޮޕް
  18. ހއ. ދިއްދޫ ކައުންސިލް - ފެރީ ޓާމިނަލް
ފެރީ ސްޓޮޕާކާއި ޓާމިނަލުތައް ރަށު ކައުންސިލުތަކާ ހަވާލުކުރުމުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މި ފެރީ ސްޓޮޕްތަކާއި ޓާމިނަލްތައް އެމްޓީސީސީން އިމާރާތްކޮށްދީފައި ވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ލުއި ފަސޭހައަށެވެ. އެގޮތުން ދަތުރަށް ތައްޔާރުވެގެން ވަޑައިގަންނަވާ ދަތުރުވެރީ ންނަށް މަޑުކޮށްލައްވައިގެންތިއްބެވ ނެ އިންތިޒާމު މި ފެރީ ސްޓޮޕްތަކާއި ފެރީ ޓާމިނަލްތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. މި ސަރުކާރު އައުމަށްފަހު މިނިސްޓްރީން ވަނީ ނ. އަތޮޅާއި ޅ. އަތޮޅަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. ރ. އަތޮޅުގައި ހިދުމަތް ފެށުމުން، ރާއްޖޭގެ 10 އަތޮޅެއްގައި މިހާރު އާރްޓީއެލްގެ ހިދުމަތް ދެމުން ދެއެވެ.