ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އިރާނުން ހަމަލާދިނުމާ ގުޅިގެން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ހަމަލާދީފައި ވަނީ އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ.

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަށް ދީފައި ވަނީ މިސައިލް ހަމަލާއެއް ކަމަށް ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާގެ ސަބަބުން ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މި ހަމާލާގައި އެއްވެސް މީހަކަށް ގެއްލުންވެފައިވާ ކަމަށް އަދި އެއްވެސް މީޑިއާއަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ގަތަރުގައި އޮންނަ އެމެރިކާހެ އެންމެ ބޮޑު ވައިގެ މަރުކަޒު އަލް އުދައިދަށް ހަމަލާ ދިން. އިރު އިރާގުގައި އޮންނަ އެމެރިކާގެ ބޭސް އަށް ވެސް ވަނީ ހަމަލާއެއް ފޮނުވާލާފައެވެ.

އީރާނުން ބުނާގޮތުގައި މިރޭ ދިން ހަމަލާއަކީ އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާއާގައި ބޭނުން ކުރި ހަތިޔާރާ އެއް އަދަދަކަށް ހަތިޔާރު ބޭނުން ކޮށްގެން ދިން ހަމަލާއެކެވެ.

މި ހަމަލާއަށް ފަހު އެމެެރިކާއިން ބުނެފައި ވަނީ ހަމަލާ ދިނީ ކުރު ރާސްތާ މިސައިލުން ކަމަށެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ގަލްފުގައި އެމެރިކާގެ 12 އަސްކަރީ މަރުކަޒު އޮތް އިރު އީރާނުގެ ހަމަލާއެއް އެ މަރުކަޒުތަކަށް އަތުވެދާނެ ކަމުގެ ބިރަށް ގަތަރުގެ އިތުރުން ބަހްރެއިން އަދި ކުވެއިތުން ވެސް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.