ޓިކްޓޮކްގައި މަގުބޫކަން ހޯދާފައި ވާ އުމުރުން 17 އަހަރުގެ ސަނާ ޔޫސުފްގެ ގަޔަށް ބަޑިޖަހާ މަރާލި ހާދިސާ އާ އެކު ޕާކިސްތާނުގެ އަންހެނުން ސުވާލަކާ އެކު އިހުތިޖާޖު ކޮށްފިއެވެ.

އަސްކަރީ ބާރު އޮންނަ އަދި އިސްލާމީ ވެރިކަމެއް ކުރާ ޕާކިސްތާނުގައި އަންހެނުން އެކި ސަރަހައްދުތަކަށް އެއްވެ ކުރި ސުވާލަކީ އެގައުމުގެ އަންހެނުންނަށް އޮތީ ކޮން ރައްކާތެރިކަމެއްތޯ އާއި އޮންލައިން ގައި ވެސް އަދި މަގުމަތީގައި ވެސް ރައްކާތެރިކަމެއް އެބައޮތްތޯއެވެ.

މިލިއަނަކަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސަނާ މަރާލާފައި ވަނީ، ދާދި އިހަށް ދުވަހު އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ކުޑަކުޑަ ހަފްލާއެއްގައި ކޭކް ފަޅާ އެ މެންޒަރުތައް ޓިކްޓޮކްގައި އާންމު ކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. އިސްލާމްއާބާދުގެ މާގަލާ ފަރުބަދަތައް ފެންނަ ގޮތަށް މަޑު ފިޔާތޮށްޓާއި ހުދު ކުލައިގެ ބެކްޑްރޮޕެއްގައި އެ ކުލަތަކުން ޖަރީކޮށްފައި ވާ ކުޑަކޭކެއް ފަޅާ، ހިނިތުންވުމާއެކު އެ ސަނާ އުފާފާޅު ކުރެއެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑު ވަޔާ ވިހުރެވުން ދިޔަ އިރު މެޔަށް އަމާޒުވެގެން އަންނަނީ ވަޒަނެއް ކަމެއް ހިތަކަށް ނާރާނެއެވެ.

ޓިކްޓޮކް އިންފްލުއެންސާ ސަނާ މަރުވުމުން ޕާކިސްތާންގައި އަންހެނުން އިހުތިޖާޖު ކުރަނީ

ސަނާ މަރާލި ވަޒަން އަމާޒު ވީ ސީދާ މެއަށެވެ.

މި ހާދިސާ އާ ގުޅިގެން އުމަރު ހަޔާތު ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ މީހަކު ފައިސަލްއާބާދުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނަނީ އުމަރު ސަނާ މަރާލީ، އޭނާއާ ގުޅަން އެތަން ފަހަރަކު މަސައްކަތް ކުރުމުންވެސް އޭނާއަށް ޖަވާބު ދިނުމަށް ސަނާ އިންކާރު ކުރުމުން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސަނާގެ ބައްޕަ ސީއެންއެން އަށް ބުނެފައި ވަނީ، އޭނާގެ ދަރިފުޅަށް މީހަކު ޖެއްސުންކޮށް ފުރައްސާރަ ކުރާކަމުގެ އިޝާރާތެއް ސަނާ ކޮށްފައި ނުވާ ކަމަށާއި އަދި އެފަދަ ވާހަކައެއްވެސް ދައްކާފައި ނުވާ ކަމަށެވެ. އޭނާ ބުނީ، އޭނާގެ އަންހެން ދަރިފުޅު ސަނާ އަކީ ފިރިހެން ދަރިއަކަށް ވުރެ ޖެހިލުން ކުޑަ ހިތްވަރުގަދަ ކުއްޖެއް ކަމަށެވެ.

ސަނާ މަރުވުމުން ޖަނާޒާ ބޭއްވުމަށް ތައްޔާރުވަމުން ދިޔަ އިރު، އޭނާގެ ޓިކްޓޮކާއި އިންސްޓަގްރާމްގައި ކޮމެންޓް ކުރި ބައެއް މީހުން ވަނީ، ސަނާ މަރުވުމުން އުފާ ކުރާކަމަށް ބުނެ ކަންބޮޑުވާ ޒާތުގެ ކޮމެންޓް ކޮށްފައެވެ.

ޕާކިސްތާނަކީ، އަންހެނުންގެ މިނިވަން ކަމާއި ހަމަހަމަ ކަމަށް ބަލާއިރު ވޯލްޑް އިކޮނޮމިކް ފޯރަމް އިން މިންކުރާ މިންގަނޑުގައި ހިމެނޭ 146 ގައުމުގެ ލިސްޓުގެ 145 ވަނައެވެ.