ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެއާއެކު ރައީސް ވަނީ ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވާކަމަށާއި މަރްޙޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވެ، މަރުހޫމްގެ ފުރާނަ ސުވަރުގޭގައި ލެއްވުމަށް ދުއާ ކުރައްވާފައެވެ.
ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ރަޝީދު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ.
ރަޝީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށެވެ.
އެގޮތުން ރަޝީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ.