ކ. މާފުށީގައި ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓު ހިދުމަތް ރަނގަޅުކުރުމަށް 1.6 މެގަވޮޓްގެ ކެޓަޕިލާ ޖަނަރޭޓަރުސެޓްގެ އޯވަހޯލް ނިންމާ ބޭނުންކުރަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ކ. މާފުށީގައި އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުުންނަށް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާފުށީގެ 1.6 މެގަވޮޓްގެ ކެޓަޕިލާ ޖަނަރޭޓަރުސެޓްގެ އޯވާހޯލް ނިންމާ މިހާރު ވަނީ ބޭނުން ކުރަން ފަށާފައިވާކަމަށެވެ.

ކ. މާފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓްލްކޯއިން ކުރަމުން އަންނައިރު، މިދިޔަ އަހަރު ޑިސެމްބަރު މަސްތެރޭ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިތުރު ދެ ޖަނަރޭޓަރު ސެޓުވަނީ އެ ރަށަށް ގެންގޮސްފައެވެ. ސްޓެލްކޯ އިން މީގެ ކުރިން ބުނީ، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ މާފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ ކަމަށެވެ.