ގޭބީސީތަކުގެ ކަރަންޓު ރޭޓު ކުޑަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެކްސް ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ފެށޭ ޖޫން މަހުގެ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ކުޑަކޮށް، އެ ކަން ތަންފީޒުކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.

ކަރަންޓު ރޭޓުތައް ކުޑަކުރެވިގެންދާ އަދަދު:

  • 0 - 100 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 1.50 (އާ ރޭޓު 1.25)
  • 101 - 200 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 1.70 (އާ ރޭޓު 1.50)
  • 201 - 300 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 2.15 (އާ ރޭޓު 1.50)
  • 301 - 400 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 2.50 (އާ ރޭޓު 1.50)
  • 401 - 500 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 2.95 (އާ ރޭޓު 2.66)
  • 501 - 600 ގެ ބޭންޑު: މިހާރުގެ ރޭޓަކީ 3.55 (އާ ރޭޓު 3.20)
  • 600+ ގެ ބޭންޑު: މިހާރުގެ ރޭޓަކީ 4.25 (އާ ރޭޓު 3.83)

ފާހަގަކޮށްލެވޭ ގޮތުގައި ކަރަންޓު ބިލު ބޮޑުވެ އެކަމުގެ ޝަކުވާ އާންމުން ދަނީ ސޯޝަލް މީޑިއާގައާއި އެހެނިހެން މަންސަ ތަކުގައިވެސް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯއިން މާޗް މަހު ރޯދަ މަހާ ގުޅިގެން ދިން ޑިސްކައުންޓާ އެކު ވެސް ކަރަންޓު ބިލު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އޭޕްރިލް މަހުގެ ބިލު އެއްވަރުވުމުން ވެސް ގިނަ މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ނަމަވެސް މި ކަމާއި ގުޅިގެން ސެޓްލެކޯއިން ވަނީ ދެ މަހުގެ ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ މިދިޔަ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ބުނެފައެވެ.