ކުދި އަދި މެދު ފަންތީގެ ވިޔަފާރި އުފެއްްދުންތައް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް ހުރި ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ހަދަން ނިންމާ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ސަފީރު އެންރީކޯ ގަވޭލިއާއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭން ބޭރަށް މުދާ އެކްސްޕޯޓު ކުރުމުގައި މިހާރު ރެގިއުލޭޓަރީ ކަންކަމާއި އެކްސްޕޯޓު މަރުހަލާގައި ހޯދަން ޖެހޭ ހުއްދަތަކާއި ސެޓިފިކޭޝަން މިންގަނޑުތަކަށް ވާސިލްވުމުގައި އަދި ރަޖިސްޓްރީ ކުރުމުގެ މަރުހަލާތަކުގައި ގޮންހުންތަކެއް އެބަހުރިކަން ފާހަގަކޮށްފައެވެެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް އެކްސްޕޯޓު ކުރުމުގައި އެކި ދާއިރާތަކުން ހުރި ދަތިތައް ދެނެގަނެ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުގައި ހަރަކާތްތެރިވުމަށް މިހާރު ދިމާވާ ދަތިތައް ދެނެގަނެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ އަލީގައި ސްޓްރެޓެޖިކް ޕޮލިސީތައް އެކުލަވާލައި ރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމަށް ބޮޑު އެހީއަކަށްވެގެންދާނެއެވެ.