"ފުޑީސް ޑެލިވަރީ" އިން ކާބޯތަކެއްޗަށް އޯޑަރު ކުރުމަށް ފަހު ފައިސާ ދެއްކިކަމަށް ބުނެ ފޭކް ސްލިޕްތަކެއް ހަދައި ފޮނުވި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ މިގޮތަށް ސައްހަ ނޫން ސްލިޕް ހަދައިގެން ފައިސާ ދެއްކި ކަމަށް ބުނެ ފޮނުވާފައި ވަނީ ތަފާތު އެކި ދުވަސްތައް މަތިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، އުމުރުން 28 އަހަރުގެ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުހައްމަދު ހާޝިމްއެވެ. މީނާއަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ޒައިދާން މުހައްމަދު ހާޝިމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.