ރާއްޖޭގެ ގުދުރަތީ ރީތިކަން ރައްކާތެރިކުރެވޭނީ ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އަދި މި އަގުހުރި ނިއުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކޮށް ދަމަހައްޓައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
ދިރޭތަކެތީގެ ނަސްލުގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް، ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރު އަޅާ، އާންމުން ހޭލުންތެރިކުރުވުމެވެ.
ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކަ ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގައެވެ.