ހުޅުމާލޭ ފޭސް 2 ގެ އެޗް 11 ސަރަހައްދުން ޕާކް ތެރޭގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ.މާލެ، މއ.ޝެލްޓާ މުހައްމަދު ރައިހާން ހުސައިން (18އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 23:10 އެހާއިރު ކަމަށެވެ.

ފުލުހުން ބުނީ ރައިހާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެން ދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖްގައި ބުނެފައިވަނީ މި މާރާމާރީގައި ދެ މީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ.

އެގޮތުން މި މާރާމާރީގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެެ. އަދި މީގެ އިތުރުން މި މާރާމާރީ ހިންގި 2 މީހުންގެ ފޯނު ފޭރިގަނެފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.