މުޅި ރާއްޖެ އަށް ވިއްސާރަވެ، މޫސުމް ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެޓުން ވަނީ ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މުޅި ރާއްޖެއަށް މިއަދު މެންދުރު 1:15 އިން އިރުއޮއްސި 6:15 އަށް ވައިޓް އެލާޓް ނެރެފައިވާއިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހުއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުމަށް ސަމާލުވެ ދަތުރުކުރުމަށާއި ފެންބޮޑުވެ ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.