ގާނޫނާ ހިލާފަށް ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަކީ ދުސްތޫރީ ކުށެއް ކަމަށް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު، ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިފަދައިން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށާފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.

"ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީހުން ފޮހެވިގެން ނުދާނެ،"
ސުއޫދު

މި މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ. މިއަދު ބޭއްވި އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ ތަހުގީގު ރިޕޯޓުގައިވާ ގޮތަށް އަޒްމިރާލްދާއާއި މަހާޒު ވަކިކުރުމަށެވެ.

އެއާއެކު މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ، ގާނޫނު އަސާސީ އާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަކީ ގައުމެއްގެ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރޫ ކުށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެއްކަން ސިފަ ކުރައްވާ ސުއޫދު ވިދާޅުވީ އެ ހަމަލާގައި ބައިވެރިވި ހުރިހާ އެންމެން އަދާ ކުރި ދައުރު ރާއްޖޭގެ ޖުޑިޝަރީގެ ތާރީހުން ފޮހެވިގެން ނުދާނެ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ޖުޑިޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާ ކުރެއްވި ދައުރު ދިވެހި ޖުޑިޝަރީގެ ތާރީހުން ފޮހެވިގެން ނުދާނެ" ސުއޫދު ވިދާޅުވިއެވެ.

ގާނޫނީ ދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާއި ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް މިދިޔަ .