ކ. ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.

މި އިއުލާނުގައިވާ ގޮތުން ތިލަފުށީގައި ކްލިނިކް ހިންގުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 669.3 އަކަފޫޓުގެ ބިމެކެވެ. މި ބިން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ދިހަ އަހަރުގެ މުއްދަތައް ކަމަށް އިއުލާނުގައިވަނީ ބުނެފައެވެ.

- ފުރަތަމަ ދެ އަަހަރުގެ ކުލި - މަހަކު ކޮންމެ އަކަފޫޓަކަށް 17.5 ރުފިޔާ ގެ ރޭޓުން މަހަކަށް ޖުމުލަ 11،712.75 ރުފިޔާ

އެޗްޑީސީން ބުނީ 3 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަށް ދައްކާނެ ކުލި ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިކަމަށް އެދި ބިޑު ހުށަހަޅަން ޖެހެނީ މެއި 4، 2025 ވަނަ ދުވަހު މެންދުރު ފަހު 14:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމެއްގައެވެ.

އިތުރަށް އެޗްޑީސީއިން ބުނީ ޕްރޮޕޯސަލް ހުށަހަޅުން އޮންނާނީ، އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށް އެޗްޑީސީގެ މައި އޮފީހުގައި ކަމަށެވެ.