ހުޅުމާލެ ފޭސްދޭއްގެ ވިނަރެސް ފްލެޓްގައި ހޭނެތިފައި އޮތް އަންހެނަކު، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުވާލެ ފޭސް 2 ވިނަރެސް ފްލެޓެއްގެ ތެރޭގައި އަންހެނަކު ރޯ އަޑު އިވޭކަމަށް އެޕްރީލް 28، 2025 ވަނަ ދުވަހު ހެނދުނު 6:05 އެހާކައްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެތަނަށް ގޮސް ގަދަކަމުން ދޮރު ހުޅުވާ ބެލި އިރު ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއީ 21 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެެވެ.