ވަރު ބައި އެޓްމޮސްފިޔާ ރިސޯޓު ކައިރިން ފެނުނު ކިނބުލެއް ހިފުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމު ވީޑިއޯއިން ފެންނަނީ އެ ރިސޯޓުގެ ވޯޓާ ވިލާތަކުގެ ކައިރިން ބޭރު ތޮށީގައި ކިނބުލެއް އޮތް މަންޒަރެވެ. އެ ކިނބޫ ތޮށިގަނޑުގެ ގާތަކުގެ މަތިން މޫދަށް ފައިބާ މަންޒަރު ފެނެއެވެ. ބަލާބެލުމަށް އޭގައި 4 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެ ވީޑިއޯއާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެ ހިފުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

ރާއްޖެއަކީ ކިނބޫ ދިރިއުލޭ ގައުމެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރަށްރަށުން ކިނބޫ ފެނިގެން ރިޕޯޓްކޮށްފައި އެބަ ހުއްޓެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް އެ ރަށުން ވަނީ 10 ފޫޓުގެ ކިނބުލެއް ފެނިފައެވެ. އަދި އެ ކިނބޫ ފެނިގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފުން ވަނީ އެ ކިނބޫ ހިފާފައެވެ.

މިގޮތަށް ފެންނަ ކިނބޫ ހިފުމަށް ފަހު އޮއެވަރު ހުންނަ ގޮތް ބެލުމަސް ފަހ ރާއްޖެއިން ބޭރަށް އެ ކިނބޫ އެމްއެންޑީއެފް އިން ދޫކޮށްލައެވެ.