ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ޝާފިއު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޝާފިއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަންކަން ހައްލުކޮށް ދެއްވާނެ ކަމުގެ އުންމީދުގައި މިއަދުން ފެށިގެން ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވި ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ސަބަބު އޭނާ ހާމައެއް ނުކުރައްވައެވެ.

ޝާފިއު އަކީ މަސްވެރިކަމާ ގުޅުން ހުރި ހަބަރުތަކަށް ހާއްސަ "މަސްވެރިން އޮންލައިން" ގެ ފައުންޑަރުގެ އިތުރުން ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ.

އަދި ހުވަދޫގެ މަސްވެރިންނަށް ބޭނުންވާ ޑައިވިން ސާމާނު ވިއްކާ "ވަން އޯޝަން މޯލްޑިވްސް" ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމު ވެސް އަންނަނީ އަދާ ކުރައްވަމުންނެވެ.