މިއަދު 'ދަ ޕްރެސް' ސެގްމެންޓްގައި މި ގެނެސްދެނީ މީރު ފޮނިކާއެއްޗެއް ތައްޔާރުކޮށްލާނެ ގޮތެވެ. އެގޮތުން މިއަދު މި ގެނެސްސެނީ ސްޓޯބެރީ ޓްރިފްލް ކުރާނެ ގޮތެވެ.

ސްޓޯބެރީ ޓްރިފްލް ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކަމުދާނެފަދަ ފޮނި ކާއެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • 1 ވެނީލާ ކޭކު
  • 1 ޕެކެޓް ވެނީލާ ޕުޑިން
  • 1 ޕެކެޓު ސްޓޯބެރީ ޖެލީ
  • 1/2 ޖޯޑު ގެރިކިރު
  • 2 ޖޯޑު ކިރު
  • 2 ޖޯޑު ބިޕް ކްރީމް
  • 1/3 ޖޯޑު އައިސިން ޝުގާ
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • ސްޓޯބެރީ (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް 2 ޖޯޑު ފެން އެޅުމަށްފަހު، ފެން އެތި ކެކެން ފެށުމުން ޖެލީ ޕެކެޓު އަޅާލާށެވެ. އަދި މަޑުގިނީގައި އިރުކޮޅަކު ކައްކާލާށެވެ. އެއަށްފަހު ތަށްޓަކަށް އަޅައި 30 މިނެޓު ވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ.

ޕުޑިން ޕެކެޓު، ކިރުފޮދު އަދި ގެރިކިރު ތަށްޓަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން 1 ޖޯޑު ވިޕް ކްރީމްއަޅާލުމަށްފަހު ގިރާލާށެވެ. އޭރުން ޕުޑިން މިކްސްޗާ ތައްޔާރުކުރެވުނީއެވެ.

ތަށްޓެއްގައި 1 ލޭޔަރު ވެނީލާ ކޭކު އަތުރާލާށެވެ. އެއަށްފަހު ތައްޔާރުކުރި ޕުޑިން މިކްސްޗާއިން އެތިކޮޅެއް މައްޗަށް އަޅާލާށެވެ. ދެން ޖެލީ ލޭޔާރެއްގެ އިތުރުން ސްޓޯބެރީ ލޭޔަރެއް މައްޗަށް އަޅާލާށެވެ. އަދި މިގޮތަށް ތަކުރާރުކުރާށެވެ. ދެން އެއަށްފަހު މައްޗަށް ވިޕް ކްރީމް އަދި ސްޓޯބެރީކޮޅެއް އަޅާލާށެވެ.