އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރުޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތަތްތަކަށް އެ ފުރުސަތު މި މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މުއްދަތުގައި ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދު ކަމަށެވެ.
އެ މިނިސްޓްރީއިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަށް ފުށް
- އާޓާ ފުށް
އިސްލާމިކް މިނިސްޓްރީ އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ކަމަށެވެ. އަދި