ތޫނު ހަތިޔާރު ބޭނުން ކޮށްގެން 18 އަހަރުން ދަށުގެ ކުދިންތަކެއް ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި މާރާމާރީ ހިންގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ 10:00 ހާއިރު ކަމަށެވެ. 18 އަހަރުން ދަށުގެ ކުދިންތަކެއް މާރާމާރީ ހިންގާފައި ވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މާރާމާރީގައި އެއް ކުއްޖަކު ޒަހަމްވެފައިވާ ކަަމށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި އިތުރު 4 ކުދިން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.