ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
އިއްޔެ އަތުލައިގަނެފައި ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ. އަދި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ހަމަ އެހެންމެ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1.070 ކިލޯގްރާމް ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 856،000 ލައްކަ ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ދޭތެރެ ދޭތެރެއިން އަތުލައިގަންނަމުންދާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެފަހަރު އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ ކޮކެއިން އެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 395 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 987,500.00 ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ އޭރު ބުނެފައެވެ.
އަދި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު ވެސް 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު ހަމަ އެ މަހު ވަނީ ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅުން ސްރީ ލަންކާގެ މަސް ބޯޓަކުންވެސް 400 އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.
މީގެ އިތުރުންވެސް ފަހަކަށް އައިސް އެކިއެކި މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަނީ ގިނަ އަދަދެއްގެ ދިވެހިން ހައްޔަރު ކުރަމުންނެވެ. އަދި އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރަމުން އަންނަ އަންހެނުން ވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
ޑްރަގު އެތެރެކޮށްގެން ދެވޭނެ އަދަބެއް ރާއްޖެއަކު ނޯވެ. ސާބިތުނުވެ ތިކަން ހުލިވެގެން ދާނީ