ކޮންމެ އަހަރަކުވެސް ރޯދަމަހަށް ހާއްސަކޮށްގެން އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު އެކި އޮފާތަކާއި ހަދިޔާތައް ފޯރުކޮށްދެމުންނެވެ.
އެގޮތުން މި ރޯދަ މަހަށް އުރީދޫ އިން ވަނީ އެޕަލް ޕްރޮޑަކްޓުތަކުގެ ބަންޑްލް އެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އުރީދޫ އިން ބުނީ މިއަހަރު އުރީދޫގެ ސުޕަ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެނީ އުރީދޫ "ކަރާ ފެޅުން" ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް އެޕުން ފެނިގެންދާ ކަރާ ފަޅާލައިގެން އެ ފުރުސަތު ހޯދޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެކަމަށާއި ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސްވެސް ލިބިގެން ދާނެ ކަމަށެވެ. އުރީދޫ އިން މިފަހަރު ދޫކުރާ ހާއްސަ އިނާމުތަކުގެ ތެރޭގައި އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ހިމެނެއެވެ.
މީގެއިތުރުން އުރީދޫ އިން ބުނީ ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް ލިބިގެން ދާނެ ކަަމަށެވެ. މި ބަންޑްލްގައި ހިމެނެނީ :އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް އަދި އެއާޕޮޑްސް މެކްސް – 65 ޓީވީ އެވެ.
އުރީދޫ އިން ވަނީ މިދިޔަ ދެ އަހަރު އުރީދޫގެ ހަދިޔާފޮށިން ކާމިޔާބު ކަމާއެކު އެތަކެއް ހަދިޔާތަކެއް އުރީދޫގެ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ވަނީ ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާގެ އިތުރުން ޑޭޓާ ޕެކާއި ގޭމިން ޕެކް ދީފައެވެ.