ދެކުނުގެ ރަށެއްގެ ސްކޫލްގައި ކިޔަވައިދޭ އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގަރޫމް ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ރިޕޯޓްކޮށްފަިއވާ މައްސަލައިގައި ހިމެނޭ ދަރިވަރަކީ ގްރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެއް ކަމަށެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާ ކޮށްގެން މައްސަލަ ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގިގު ކުރަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގައި ވެސް ދަރިވަރުންތަކެއް ގްރޫމް ކުރި ޓީޗަރެއްގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި އެ ޓީޗަރު ހައްޔަރުކޮށް ބަންދުކޮށްފައި ހުރުމަށް ފަހު ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް އެ މައްސަލަ ވަނީ ފަހުން ހައިކޯޓުން ބަލައި އެ ޓީޗަރުން ބަންދު ކުރަން އަމުރުކޮށްފައެވެ.