2025 ގައި ރަސްދޫއާއި މަޑަވެލި ހިމެނޭހެން އަލަށް އިމާރާތްކުރޭ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމްތައްވެސް ހެދުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކުކަމަށާއި، މި މިސްކިތްތަށް ނިމޭއިރު ސޯލާއާއި އޭސީ ވެސް ހަރުކުރެވިގެން ދާނެ ކަމަށެވެ. މީގެއިތުރުން ނެވިލޯން ވެސް އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އަލަށް އިމާރާތްކުރޭ މިސްކިތްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް:
- އއ. ރަސްދޫ
- އދ. ފެންފުށި
- ފ. ފީއަލި
- ގދ. މަޑަވެލި
- ހ.އ ބާރަށް
- ތ. ވޭމަންޑޫ
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މަޝްރޫތަކަކީ ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫތަކެއް ކަމަށާއި، މަޝްރޫތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެން ދާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މިސްކިތްތަކުގެ ޑިޒައިންތައް ކުރަހާފައިވަނީ ރިޔަން އިންކަމަށާއި، މިއީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ 300 މީހުންނާއި 500 މީހުންގެ އިތުރުން 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތް ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.