240،000 ރުފިޔާގެ ޕްރައިޒް ޕޫލް އަކާއެކު އުރީދޫ ނޭޝަން ގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވަން އުރީދޫއިން ނިންމައިފިއެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު މާލޭ އުސްފަސްގަޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނީ 240،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވިގެންދާނެ ކަމަށެވެ.

ފައިސާގެ އިނާމު ބެހިފައިވާ ގޮތް:

ޕަބްޖީ މޯބައިލް

  • ޗެމްޕިއަން – 50،000 ރުފިޔާ
  • 2 ވަނަ - 20،000 ރުފިޔާ
  • 3 ވަނަ - 15،000 ރުފިޔާ
  • 4 ވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

  • ޗެމްޕިއަން – 20،000 ރުފިޔާ
  • 2 ވަނަ - 15،000 ރުފިޔާ
  • 3 ވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ

އީއޭއެފްސީ

  • ޗެމްޕިއަން – 20،000 ރުފިޔާ
  • 2 ވަނަ - 15،000 ރުފިޔާ
  • 3 ވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ

ކޮސްޕްލޭ މުބާރާތް

  • 1 ވަނަ - 5000 ރުފިޔާ
  • 2 ވަނަ - 3000 ރުފިޔާ
  • 3 ވަނަ - 2000 ރުފިޔާ

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާއަށް 30،000 ރުފިޔާ

އުރީދޫ ނޭޝަން ގޭމާސް ލޭންޑްއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކި އެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާ އިވެންޓްކެވެ.

އުރީދޫއިން ބުނީ މުބާރާތްތަކުގެ އިތުރުން މި ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައެވެ.