އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ މ. ނިއުޕްލާޒާގައި ކަމަށާއި، އަލިފާން ރޯވުނާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:11 ހާއިރު ކަމަށްވެސް އެމްއެމްޑީއެފް އިން ވަނީ ބުނެފައެވެ.

މ. ނިއުޕްލާޒާގައި އަލިފާން ރޯވެފައިވާއިރު، އިއްޔެ ވަނީ ޝީ ބިލްޑިންގެ ކުރިމަތީގައި ހުންނަ މ. ހައުސްޕްލާޒާގައިވެސް އަލިފާން ރޯވެފައެވެ.

އުސްޕްލާޒާ ގެއަކީ މީހުން ނޫޅޭ ގެއެކެވެ. މި ގޭގައި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ސެޕްޓެމްބަރު 6، 2023ގައި ވެސް ހައުސްޕްލާޒާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އަދި މ. ހައުސް ޕްލާޒާގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އޭރު 2 މީހަކު ހައްޔަރުވެސް ކުރިއެވެ.

މީގެއިތުރުން ވެސް އެ ގޭގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.