ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި ބޮޑު އިނާމެއް ހިމެނޭ ގޮތަށް އެސްޓީއޯގެ ރޯދަ ސޭލް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ ނަސީބުވެރި ފަރާތަކަަށް 50،000ރ ގެ ވައުޗަރެއް ލިބޭ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ކޮންސްޓްރަކްޝަނުން ވިއްކާ މުދާ ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ނިޕޯން ޕެއިންޓުން 20 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި، މަކިޓާ ޓޫލްސް އިން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބިގެން ދާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ރޯދަ ސޭލްގެ ލަކީޑްރޯގައި ބައިވެރިވާން ކޫޕަނެއް ލިބިގެން ދާނެ ކަމަށާއި، މީގެއިތުރުން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަފްތާގެ ނަސީބުވެރިއަކަށް ގިފްޓް ހޭމްޕާއެއް ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ބުނީ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 100،000ރ ގެ ފައިސާގެ އިނާމުވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމު ކަމަށެވެ.