އަނިޔާތަކަކާއެކު ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ 23:40 އެހާއިރު އަނިޔާ ލިބިފައިވާ މީހެއް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އަނިޔާގެ ތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު އެއީ ދިވެއްސެއް ނޫންނަމަ ބިދޭސީއެއް ކަމެއް ވެސް ފުލުހުން ބުނެފައި ނުވެއެވެ.

ހަމައެކަނި އެ އިދާރާއިން ބުނީ އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޝައްކުކުރެވޭ މައްސަލަތަކެއް ފާހަގަ ވެއްޖެނަމަ މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ފުލުހުން ބަލާފައިވާއިރު ޝައްކު ކުރެވޭ މަރުތައް ވެސް އެ އިދާރާއިން ތަހުގީގު ކުރަމުން ދެއެވެ.

އެގޮތުން މި ހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްއެއްގެ ފާހާނާތެރޭގައި، މަރުވެފައި އޮތް މީހެއްގެ މައްސަލަވެސް ބަލަން ފަށާފައި ވެއެވެ.