އާ އަހަރު ފާހަގަކުރުމަށް މިރޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ 23:59 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށާއި، މި ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާ އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން އެމްއެމްޕީއާރްސީ އިންވެސް ވަނީ ކުލަގަދަ ހަފްލާތަކެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ 20:00 އިން ފެށިގެން 00:00 އަށް އަދި ޖެނުއަރީ 1 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެރޭ 22:00 އާ ހަމައަށް މި ހަލްފާގެ އިވެންޓުތައް ކުރިއަށް ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
ހަފްލާގައި ފަތުރުވެެރިއެއްގެ ދަތުރު ދައްކުވައިދޭ 15 މިނިޓުގެ ހާއްސަ ޑްރޯން ޝޯއެއް ކުރިއަށްދާނެކަމަށާއި، މި ހަފްލާގައި ފުޑް ފެސްޓިވަލެއް އަދި ލައިވް ބޮޑުވެރު ވެސް އޮންނާނެކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި "ނިއު އިޔާ" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަ ގަދަ ކޮށް ފާހަގަކުރާ ދުވަހެކެވެ. މިއުޒިކް ޝޯތަކާއި ހަވާ އެރުވުމުގެ އިތުރުން ރާއްޖޭގެ ކުޅަދާނަ ފަންނާނުންގެ އެކި ހަރަކާތްތަކާއި ބޮޑުބެރަށް ގިނަ ބައެއްގެ ތަރުހީބު ލިބެއެވެ.