ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުލީ ފަންޑެޑް ސްކޮލާޝިޕް ލިބޭ ދަރިވަރުން ހޮވައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ 2024 ވަނަ އަހަރުގެ ސްކޮލާޝިޕްގެ ދަށުން ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާ ކުރުމަށް މި އަހަރު ތިން ދަރިވަރަކަށް ފުލީ ފަންޑެޑް ސްކޮލާޝިޕް ދިން ކަމަށެވެ. އެ ދަރިވަރުންނަކީ:

  • ރީޝަމް މުހައްމަދު
  • ނޫރްހާން މުހައްމަދު މޫސާ
  • އާއިޝަތު ސަރާ ނަސީރު

ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕްގެ ދަށުން ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަސިޓީއަކުން ބޭންކިން އެންޑް ފައިނޭންސް ދާއިރާއިން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ކޮށްދޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވަނީ މި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ މި ގައުމުގެ ބޭންކިން ނިޒާމް ހަރުދަނާ ކުރުމަށް ބީއެމްއެލް އިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ބީއެމްއެލްގެ މި ސްކޮލާޝިޕް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މިހާތަނަށް މި ސްކޮލާޝިޕް 6 ދަރިވަރަކަށް ދީފައިވާއިރު މި ދަރިވަރުން ދަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކުރަމުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.