އިސްލާމިކް މިނިސްޓްރީއިން 15 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ "ނޫރުލް އަޛާން 1446"ގެ ނަމުގައި އަންނަ ރޯދަމަހު ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މިއީ އިސްލާމިކް މިނިސްޓްރީގެ މޮސްކް ސެކްޝަނުން އިންތިޒާމުކޮށްގެން އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މިއީ މާލެސިޓީގައި ފިޒިކަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އޮންލައިން ލިންކު ފުރިހަމަކޮށް ސަބްމިޓް ކުރުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.