އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒަންޝިޕް އެޑްވައިޒަރީ ފާމް، ހެންލީ އެންޑް ޕާޓްނާސްއިންދޭ ގްލޯބަލް ސިޓިޒަން އެވޯޑު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ.

ރެސިޑެންސް އެންޑް ސިޓިޒަންޝިޕްގެ ތަޖުރިބާކާރު ފާމް، ހެންލީ އެންޑް ޕާޓްނާސް އިން ސިންގަޕޫރުގައި ބާއްވާ 18 ވަނަ ކޮންފަރެންސްގައި ނަޝީދަށް މި އެވޯޑު ދެއްވީ ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގެ ރޮނގުން ނަޝީދު ކުރެއްވި މަސައްކަތުގެ އަގުވަޒަންކޮށެވެ. މި އެވޯޑާ އެކު، އިޓަލީގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ އެންޓޯނިއޯ ނޯސެރާ ޑިޒައިންކޮށްފައިވާ މެޑަލަކާއި ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ ޗެއާމަން ސޮއިކުރެއްވި ސެޓްފިކެޓު އަދި 20،000 ޑޮލަރު ލިބިވަޑައިގަންނަވާނެއެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސައްކަތްތަކާއި ދުރުގައި ހުންނެވި ނަޝީދު މި ވަގުތު ހުންނެވީ ކްލައިމެޓް ވަލްނަރެބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

ރައީސް ނަޝީދު ހޯއްދެވި ކާމިޔާބީއަށް ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އެ މަނިކުފާނަށް ތާއިދުކުރައްވާ ގިނަ ބަޔަކުވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ،