ސަރުކާރުން އާންމު ވިޔަފާރިތަކަށް ނުދައްކާ އޮތް ފައިސާގެ ތެރެއިން، ދެ ހަފްތާވެފައިވާ ފަސް މިލިއަން ރުފިޔާއިން ދަށުގެ ހުރިހާ ބިލްތައް ދައްކާ ހަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުތަށް ފޮތުގައި އެމަނިކުފާނު ލިޔުއްވާފައި ވަނީ އެކަން ކުރައްވަން ކަމަށެވެ. އަދި އެ ފޮތުގައި އޮތް ގޮތަށް އެކަންކަން ކުރައްވާނެ ކަމަށާއި އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ވެސް ބައެއް ކަންކަން ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރައްޔުތުން ލައްވާ މަސައްކަތް ކޮށްފައި ނުދީ އެތައް މިލިއަން ރުފިޔާއެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ފަސް މިލިއަނުން ދަށުން ދޭން ހުރި ބިލްތަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށެވެ. "މިދިޔަ ހަފްތާގައި ވަނީ 501 މިލިއަން ރުފިޔާ ޖަމާކޮށްދީފައި. މިދިޔަ 51 ހަފްތާތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ ވަނީ އާންމު ވިޔަފާރިތަށްލައްވާ ކޮށްފައިވާ މަސައްކަތްތަކަށް ދީފައި." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުވާރާ ވެރިކަން ހަވާލުވީ ދުވަހަކު ވެސް ރާއްޖެ ދަރަނިވެފައި ނުވާ މިންވަރަށް ދަރަނިވެފައިވަނިކޮށް ކަމަށެވެ. މި ދިޔަ ފަސް އަހަރު ތެރޭގައި 8 ބިިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދަކީ ފައިސާ ޗާޕު ނުކުރުން ކަމަށާއި ފާއިތުވި 51 ހަފްތާ ތެރޭ ފައިސާ ޗާޕުކޮށް ނުވާކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ އަންނަ އަަހަރުގެ ބަޖެޓްގައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ ލަފަޔާއެއްގޮތަށް ބައެއް އިސްލާހުގައި މި ގައުމުގައި ހިނގަމުންދާ ބައެއް ކަންކަމުން ގެންނަން ޖެހޭ ކަމަށެެވެ.