ވޭލް ޝާކް ރިސާޗަކަށް އދ. ދިގުރަށް ކައިރިއަށް މޫދަށް ފޭބި ސިންގަޕޫރު އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ވޭލް ޝާކް ރިސާޗް ހަދަން ސްޓަޑީ ޓުއާއެއްގައި އދ ދިގުރަށް ކައިރިއަށް ގޮސް އޮތް ދޯނިން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު މޫދަށް ފުންމާލި ކަމަށާއި އެ ވަގުތު ދޯނީގެ ބުރަފަތީގައި އޭނާ ޖެހިފައި ވާ ކަމަށެވެ.

އަދި ޒަހަމްވެގެން ހެންތު ސެންޓަރަށް ގެންދިޔަ ކަމަށާއި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާ ކަމަށެވެ.

ދިގުރަށާ ދާދި ކައިރީގައި ހިނގި އެ ހާދިސާގައި ކުއްޖާ މޫދަށް ފުންމާލި ވަގުތު ކައިރީގައި އެހީތެރިން ތިބި ކަމެއް އަދި ދޯނީގައި އެ ކުއްޖާއާއެކު ތިބީ ކޮންބައެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.