ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ 100 ސަތޭކަ ހައުސިންގް ޔުނިޓް ދޫކުރުމަށް ކަނޑައަޅާފައިވާ މީހުންގެ ވަގުތީ ލިސްޓު ބާތިލް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ ރަށު ކައުންސިލަށް އަންގައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުނ،ް ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ 100 ސަތޭކަ ހައުސިން ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު" ގައި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ އެ ރަށުގެ 279 ރައްޔިތަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް އެޗްއާރްސީއެމްއަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ.

އަދި އެ އުސޫލު މިހާރު އެކުލަވާލާފައި އޮތްގޮތުގެ ސަބަބުން މި އުސޫލުގެ ދަށުން ހައުސިން ޔުނިޓްތައް ދިނުމަށް ކަނޑައަޅައިފިނަމަ، ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހަޅާފައިވާފަރާތްތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމަކީ އެ ކޮމިޝަނުގެ ކަންބޮޑުވުމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، މައްސަލައިގެ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާއަތްކުރާއިރު އުސޫލު އިސްލާހުކޮށް މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމް އަލުން ރ-ީއިވެލުއޭޓްކުރުމަކީވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

"ހދ.ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ސަތޭކަ ހައުސިން ޔުނިޓުދިނުމަށް މިހާރު އިއުލާނުކޮށްފައިވާ ވަގުތީ ލިސްޓު ބާތިލް ކުރުމަށާއ،ި މި ހައުސިން ޔުނިޓުތައް ދޫކުރުމުގެ އުސޫލުގައި ހުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށް، އަލުން އިއުލާނު ކުރުމަށާއި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ގޮތަށް އުސޫލު އިސްލާހުކޮށ،ް އަލުން އިއުލާނު ކުރުމަށާއި އަދި އުސޫލުއިސްލާހުކޮށް އަލުން އިޢުލާނު ކުރާއިރ،ު ގާނޫނުއަސާސީއާއި ކަމާގުޅުންހުރި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހަނިނުވާނޭ ގޮތަށްއުސޫލު އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިލަދުންމަތީ ދެކުނުބުރި ނޮޅިވަރަންފަރުކައުންސިލްގެ އިދާރާއަށް ވާނީ އަންގާފައި" އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ކޮމިޝަނުގެ އެންގުމާއި އެއްގޮތަށް އަމަލު ނުކުރާނަމަ އެ ކޮމިޝަނުގެ ގާނޫނުގެ ދަށުން އަމަލު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި މި މައްސަލައާ ގުޅިގެން ނިންމާފައިވާ ގޮތް ނޮޅިވަރަންފަރުކަ އުންސިލްގެ އިދާރ،ާ މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ލޯކަލް ގަވާމަންޓް އޮތޯރިޓީ އަދި މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.