ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި 13 ބޭފުޅެއްގެ ނަން ވެސް މަޖިލީހަށް ފޮނުވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ފަސް މެންބަރަކު ތިއްބަވައެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ހަތަރު މެންބަރަކު ވަކިކުރުމަށެވެ.

އެހެންވެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ރައީސް އޮފީހުން ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 13 ބޭފުޅަކު ހުސްވެފައިވާ މެންބަރުކަމުގެ މަގާމުތަކަށް ކުރިމަތިލެއްވިއެވެ. އެ 13 ބޭފުޅުންނަކީ:

  1. ހަސަން ޒުހައިރު މުހައްމަދު, ގ. މާވަރުލު
  2. އައިޝަތު އާދަމް, ރިވެލި / ރ. އަލިފުށި
  3. އިބްރާހީމް ޝަރީފް, ގ. އަލިޝާ
  4. ޝިފްޒާ އަބްދުލްގައްޔޫމް, ގަސްދޮށުގެ / ގއ. ނިލަންދޫ
  5. އަހުމަދު ސައީދު, މ. ފަތްކޯނި ހުޅަނގުބައި
  6. އަބްދުﷲ އަބްދުލްހަކީމް, އަޒާން ޕެލަސް / ޅ. ނައިފަރު
  7. މުހައްމަދު އަމީން ޒާހިރު, ނީލާ / އައްޑޫ ހިތަދޫ
  8. މުހައްމަދު ފާރިސް ތޯހާ, ހ. ސޯސަން
  9. އަބްދުލްޣަނީ މުހައްމަދު, ހ. ހޯސްސައިޑް
  10. އަހުމަދު އަލީ, ހުޅާމެލެ ފްލެޓް ނަންބަރު 1/ޖީ/108
  11. އަލީ ރިޒާ އިސްމާއިލް, ހުޅުމާލެ ހިޔާ 2 / 13-03
  12. ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި ނަންބަރު 11،021
  13. މަޖީދު އަލީ، މަތަރެސްމާގެ / ގއ. ދާންދޫ

އެ 13 ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވައި، އެ ތަނުން ހަތަރު ބޭފުޅަކު ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސަތުން އެހެންވެ ނިންމީ އެ ނަންތައް ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ.

ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މައްސަލަ ބެލުމަށް ފަހު ވަނީ:

  • ބައެއް މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމުގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި
  • ޓްރައިބިއުނަލްގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮންނަ އޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައި