ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމް ޓްރައިބިއުނަލް ކޯޓުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހު ހަސީނާ ހައްޔަރު ކުރަން އަމުރު ނެރެފިއެވެ.
ހަސީނާ ހިމެނޭހެން 50 މީހަކު ހައްޔަރު ކުރަން އަމުރު ނެރުނީ މިއަހަރު ކުރީކޮޅު ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން ނިކުތް ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށް ބަޑިޖަހާ ގިނަ ބަޔަކު މަރާލި މައްސްލައިގައި އެ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގުމަށެވެ.
ހަސީނާގެ ވެރިކަމުގައި ހިނގި އެ ހަމުޖެހުމާއެކު ވެރިކަން ދޫކުރައްވައި ފިއްލަވައިގެން ހަސީނާ ވަޑައިގަތީ އިންޑިއާ އަށެވެ. މިހާރުވެސް އިންޑިއާގައި އިންނެވި ހަސީނާގެ ވެރިކަން ވައްޓާލި ހަދިސާގައި ރައްޔިތުން ވަނީ ރިޔާސީ ގަނޑުވަރަށް ވަދެގަނެ ހަސީނާ ތުރުކުރައްވައި އަންނައުނާއި އެ ގަނޑުވަރުގައި ހިފާ ގެންގުޅޭ ސާމާނާއި ހަރު މުދާ ފޭރިގެން ގެންގޮސްފައެވެ.
މުޅީ ބަންގާޅަށް ފެތުރިގެން ދިޔަ ހަމަނުޖެހުމުގެ މައިގަނޑު ސަބަބަކަށް ވީ، 1971 ގައި މިނިވަންކަން ހޯދުމަށް ޕާކިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިވި އާއިލާތަކަށް ހާއްސަ ކޮށް ވަޒީފާގެ ބާޒާރުގައި ކޯޓާ ކަނޑައަޅާފައި އޮންނާތީ ތައުލީމީ ޒުވާނުންނަށް ފުރުސަތު ގެއްލޭ މައްސަލައެވެ. އެހެން ކަމުން ޒުވާނުން ބުނަމުން ދިޔައީ ކޯޓާ ސިސްޓަމު އުވާލުމަށެވެ. ސަރުކާރުން އެކަމުގައި ޒުވާނުންނަށް ދޫދޭން ދެކޮޅު ހަދާ ބާރުގެ ބޭނުން ކުރުމުގެ ނަތީޖާ އަކަށް ވީ، ހަމަނުޖެހުން ވަރުގަދަ މުޒާހަރާއަކަށް ބަދަލުވެ ފުލުހުންނާ ކުރިމަތިލައި، އާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީ، ފުލުހުންނާ ތަޅާފޮޅުމެވެ.
ހަމަނުޖެހުން މައިތިރި ކުރުމުގެ ނަމުގައި ފުލުހުން ލައިވް ވަޒަން ބޭނުން ކޮށް އާންމުންގެ ގަޔަށް ޖަހާ އަދި ތަޅާ އަނިޔާކޮށް ބޮޑު ޖަރީމާއެއް ހިންގި އެ ހަމަނުޖެހުގެ ތެރޭގައި 400 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި ފުލުހުންގެ ބައެއް މީހުންވެސް ހިމެނެއެވެ.
ހަސީނާ ހައްޔަރު ކުރަން އަމުރު ނެރެފައި ވާއިރު އޭނާ ހިމެނޭހެން ހަސީނާގެ އަވާމީ ލީގުގެ ބޮޑުންގެ މައްޗަށް ޖުމްލަ 60 ދައުވާއެއް ވަނީ އުފުލާފައެވެ.