ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ބެންގަލޫރަށް މިއަދު ވަޑައިގެންފިއެވެ.

ބެންގަލޫރަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ، ކަރްނާޓަކާ ސަރުކާރުގެ، ޗިއްކަބައްލަޕޫރު ޑިސްޓްރިކްޓްގެ އިންޗާޖް މިނިސްޓާ އަދި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަނެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދުގެ ބޭފުޅުން އިންޑިއާގެ ވިފަރާރިވެރިންގެ މަންދޫބުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.