އުރީދޫ މޯލްޑިވްސްގެ އިން ފާހަގަ ކުރާ ކަސްޓަމަރުންގެ ދުވަހުގައި ސީނިއާ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ބައްދަލުކުރުމަށް ނިކުމެއްޖެއެވެ.

އުރީދޫ އިން ބުނީ، ކަސްޓަމަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އުރީދޫގެ އަގުހުރި ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށް ވަނީ މަސައްކަތް ކޮށްފައި ކަމަށެވެ. އެގޮތުން ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކަށާއި އެކި ހިދުމަތް ދޭ ތަންތަނަށް އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ޒިޔާރަތްކޮށް މި ދުވަސް ވަނީ ފާހަގަކޮށްފައެވެ.

ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ތެރެއިން ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މުޅި ދުވަހުގެ އެކި ވަގުތުތަކުގައި އުރީދޫގެ ސީނިއާ މެނޭޖްމަންޓާއި ޑިޕާޓްމަންޓްގެ އިސް ވެރިން ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭ ކަން ކަށަވަރު ކުރި ކަމަށް އުރީދޫ އިން ބުނެއެވެ. އެގޮތުން ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ އާ ގޮތްތައް ދެނެގަތުމަށް ސީއީއޯ މ،ަސައްކަތް ކުރެއްވި ކަމަށް އުރީދޫ އިން ބުނެއެވެ.

އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ރަނގަޅު ކޮށް، ކުރިއަރަމުން އަންނަ މުޖުތަމައުގެ ބޭނުންތައް ފުއްދައި ދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އުރީދޫ އިން ބުނެއެވެ.