ހިޔާ ފްލެޓްގެ ދެ ޓަވަރު ކަމަށް ވާ 7 އަދި 11ގެ ބައެއް ފަންގިފިލާތަކުން މިރޭ ދަންވަރުގެ ވަގުތެއްގައި ފެން ކަނޑާލަން ހަމަޖެހިފައިވާ ކަމަށް މާލޭ، ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

ފެން ކުންފުނިން ބުނީ، އެ ދެ ޓަވަރުގެ ބައެއް ފަންގިފިލާތަކުން ފެން ކަނޑާލަން ޖެހެނީ މީޓަރު ރޫމްގައި މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ކަމަށެވެ. އެގޮތުން މިރޭ ދަންވަރު 1 އިން 2 އަކާ ދެމެދު އެއްގަޑިއިރުގެ ވަގުތަކަށް ފެނުގެ ހިދުމަތް ކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާ ފްލެޓްގެ 7 ވަނަ ޓަވަރުގެ ފެނުގެ ހިދުމަތް ކެނޑޭނީ 17 ވަނަ ފަންގިފިލާއިނ 25 ވަަނަ ފަންގިފިލާއާ ދެމދުގައި ހުރި ފްލެޓްތަކުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. އަދި 11 ވަނަ ޓަވަރުގެ 1 ވަނަ ފަންގިފިލާއިން 8 ވަނަ ފަންގިފިލާއާ ދެމެދުގައި ހުރި ފްލެޓްތަކުން ފެން ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަރިތކަށް މައާފަށް އެދޭ ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.