ރައީސް ޑރ މުހައްމަދު މުއިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނުގެ މި ޒިޔާރަތުގައި ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފު ކުރުމާއި ޕަބްލިކް ސާވިސް ޑެލިވަރީގެ ނިޒާމަށް އޭއައި ތައާރަފު ކުރުމާއި ޑިޖިޓަލް ލިޓްރަސީ އިޝްތިހާރު ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ޑޭޓާ ޑްރައިވް ސޮލިއުޝަންތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ގޫގުލްގެ އިސް ވެރިންނާ މަޝްވަރާ ކުރައްވާފައެވެ.

ނިއުޔޯކްގެ ގޫގުލް އޮފީހަށް ޒިޔާރަތް ކުރެއްވުމާއެކު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެފައި ވަނީ ގޫގުލް ޕަބްލިކް ސެކްޓާގެ ސީއީއޯ ކެރެން ދޭހަތް އެވެ.

ރައީސް މުޢިއްޒު އދ ގެ 79 ވަނަ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ ގިނަ އަދަދެއްގެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރައްވަމުންނެވެ.

އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް މި މަހުގެ 24 ވަނަ ދުވަހު ތަގުރީރުކުރައްވާފައިވާއިރު، އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއީ ރައީސް އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.