ހުުކުރު ނަމާދު ފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ސުންނަތް ވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހުކުރު ނަމާދު ފަދަ ޖަމާއަތް ބޮޑު ނަމާދުތަކުގައި ބައެއް ހަތީބުން ވަރަށް ދިގުކޮށް ކިޔަވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ، ޖަމާއަތުގައި ބަލި މީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިން ވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
ވިއްސާރަވާ އިރު ވިއްސާރައިގައި އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާއަތުގެ ބޮޑު ބައެއް އޮންނަ ކަން ވެސް ޝަހީމް ފާހަގަ ކުރެއްވިއެވެ. މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިގުހުވެރި ކަމުގެ ތެރެއިންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބައެއް ފަހަރު މިސްކިތްތަކުގައި ޖަމާއަތް ބޮޑު ނަމާދުތަކުގައި އިމާމުން ދިގުކޮށް ކިޔަވާ ކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން މިސްކިތުގެ ބޭރުގައި ތިބޭ މީހުންނަށް ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުމާއި، ޖަމާއަތުގައި ނަމާދުކުރާ ބަލި މީހުންނަށް ގިނަ އިރު ނުތިބެވޭ ކަން ފާހަގަކޮށް ގިނަ ބަޔަކު މިފަދަ ކަންކަމާ ގުޅިގެން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވެއެވެ.