ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕާފުޅު އަބްދުއްސަލާމް އަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި މަރުހޫމް އަބްދުއްސަލާމް އަލީ އަކީ، ހއ. ހޯރަފުށީގައި އިމާމުވެ ނަމާދު ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ.

އަދި އޭނާއަކީ ރައްޔިތުންގެ އިހްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ހުލްގު ހެޔޮ ބޭފުޅެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށާއި މާތްﷲގެ ތަނަވަސް ރަހްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މަރުހޫމް އަބްދުއްސަލާމް އަލީ ލެހެއްޓެވުން އެދޭ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.