ބާރު ސްޕީޑްގައި ދުއްވި ކާރަކުން ޖެހި ހުޅުމާލޭގައި ޒުވާނަކު މަރުވެއްޖެއެވެ.

ރޭ ފަތިސް ވާން އުޅެނިކޮށް ހިނގި މި އެކްސިޑެންޓުގައި މަރުވެގައި ވަނީ ކަރެކްޝަންގައި މަސައްކަތް ކުރާ އޮފިސަރެއްކަން ވަނީ އެނގިގައެވެ.

އެއީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ އުމުރުން 26 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޒުވާނެއްގެ ގައިގައި މީގެ ކުރިން ޖެހުނު ހާދިސާއެއްގެ ތަހުގީގު މިހާރުވެސް ހިނގަމުން އެބަދެއެވެ. އެ ހާދިސާގައި ހިމެނޭ 3 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.